މިއަހަރުގެ ފުރަތަމަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތަރު ލައްކައެއްހާ ކުދިން ވިހާފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

އެގޮތުން ޔުނިސެފްއިން ބުނީ ޖެނުއަރީ، 1، 2019 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފަންވި ކުދިންގެ އަދަދު 395،000 އަށް ވުރެ ގިނަ ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހު އެންމެ ގިނަ ކުދިން އުފަންވީ ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގައެވެ. އެގޮތުން މިމަހުގެ 1 ވަނަ ދުވަހު އިންޑިއާގައި 69,944 ކުދިން އުފަންވެފައިވާ އިރު، ދުނިޔޭގެ ނިސްބަތުން އެއީ އެ ތާރީހުގައި އުފަންވި ކުދިންގެ 18 ޕަސެންޓެވެ.

އިންޑިއާގެ އިތުރުން އެންމެ ގިނަ ކުދިން ވިހާފައިވަނީ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާ އާއި އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާ އެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު، ޗައިނާގައި 44،940 ކުދިން އުފަންވި އިރު، ނައިޖީރިއާގައި އުފަންވި ކުދިންގެ އަދަދަކީ 25،685 ކުދިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *