ރާއްޖޭގެ ހުރިހާ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ހިލޭ ޑިގްރީއަށް ކިޔެވޭނެ ކަމަށް  ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. 

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާއި ހަވާލުކޮށްގެން ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުރިހަމަ ކުރަން ނިންމާފައިވާ ވައުދުތަކުގެ ތެރެއިން ތިން ވައުދެއް ފުރިހަމަވުމާއި ގުޅިގެން އެކަމުގެ ތަފްސީލު ނޫސްވެރިންނަށް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުންކަމަށެވެ.

އެގޮތުން މި ވަޢުދު ފުއްދުމަށްޓަކައި ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ސަރުކާރުގެ ކޮލެޖު ޔުނިވާރސީޓީތަކުގައި އެކަނި ނޫންކަމަށާއި، އަމިއްލަ ކޮލެޖުތަކުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކެމްޕަސްތަކުގައިވެސް މިފުރުޞަތު ލިބޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި އިސްލާމިކް ޔުނިވަރސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ކުދިންނަށްވެސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ. މިހާރު ޑިގްރީއަށް ކިޔަވަމުން އަންނަ ކުދިންނަށްވެސް ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން ހިލޭ ޑިގްރީ ހެދޭނެ ކަމަށެވެ. 

ފުރަތަމަ ޑިގްރީއާހަމައަށް ހިލޭ ކިޔެވޭނެ ފުރުޞަތު ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ވަޢުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ ބަޖެޓްގައި 50 މިލިއަން ރުފިޔާ ކަނޑައެޅިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *