ވިލުފުށި ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓު ޙަސަން ޢަފީފުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ 19 ވަނަ މަޖިލީހަކީ 2018 ވަނަ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ހޯދާ ދެއްވި %58 އަށް ވުރެ ހުރިހާ ގޮތަކުން ތަނަވަސް އަޣުލަބިއްޔަތެއް ހޯދާ ދެއްވާނެ އިންތިހާބެއް ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތެދުވެރި އިހްލާސްތެރި ނަޒާހަތްތެރި މެންބަރުން އިންތިހާބު ކުރަންޖެހޭ މަޖިލީހެއް ކަމަށެވެ. މަޖިލީހުގައި ލަދެއް ހަޔާތެއްނެތި ފައިސާ ގޯނީގެ ވާހަކަ ދައްކަވާ މެންބަރުން ނުތިއްބަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 19 ވަނަ މަޖިލިސް ވެގެންދާނީ ރައްޔިތުން އެދޭ ބަދަލު ރައްޔިތުންނަށް ގެނެސްދޭނެ މަޖިލީހަކަށެވެ.
ވިލުފުށި ދާއިރާ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް ނަޝީދުއާއި ސަލާމް ކުރައްވަނީ. ފޮޓޯ: އެމްޑީޕީ ވިލުފުށި
މިރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.