ވިލުފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެންޑިޑޭޓު ޙަސަން ޢަފީފުގެ ކެމްޕެއިން ރަސްމީކޮށް 31 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ރޭ ލޯންޗް ކޮށްފިއެވެ. މި ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ވިލުފުށީ ދާއިރާ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެންޑިޑޭޓު ޙަސަން އަފީފު ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަދި ރައީސް ނަޝީދާއިއެކުގައި. ފޮޓޯ: އެމްޑީޕީ ވިލުފުށި

ހ. ނިއު ފްލޮރިޑާގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ވިލުފުށި ދާއިރާއަށް އެމްޑީޕީން ކުރިމަތި ލައްވަވާ ކެންޑިޑޭޓު ހަސަން އަފީފު ވިދާޅުވީ ދާއިރާއާއި ދުރުގައި 10 އަހަރު ހުންނެވުމަށް ފަހު އަލުން ނިކުންނަވަން ނިންމެވީ ވިލުފުށި ދާއިރާ ރައްޔިތުންގެ އަތުން ބީވެފައިވާތީ، އެ ރައްޔިތުންނަށް ވިލުފުށި ދާއިރާ އަލުން ހޯދަ ދިނުމަށް ޓަކައެވެ. ޒުވާނުން މިނިވަން ކަމާއިއެކު މަސައްކަތް ކުރެވޭނެ ކަމަށާއި، ޒުވާނުންނަށް އެންމެ ދަތިވެފައިވާ ވަޒީފާގެ ފުރުސަތު ހޯދާ ދިނުމަށް ކެނޑި ނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ. 

2018 ވަނަ އަހަރުގެ އޭރުގެ ކެނޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިލުފުށީ ދާއިރާ ސަރަހައްދުގައި އެއަރޕޯޓެއް އަޅުއްވާދެއްވާނެ ކަމަށް ވިދާޅުވެފައިވާކަމަށާއި އަދި އެމަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޙަސަން ޢަފީފު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އެފަދަ މަޝްރޫޢުއަކަށް ޝައުގުވެރިކަން ހުރި ފަރާތެއް ލެޓަރ އޮފް އިންޓަރެސްޓް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެސަރަހައްދުގައި އެއަރޕޯޓު އެޅި އިބްރާހިމް މުހައްމަދު ސާލިހްގެ ވަޢުދުފުޅު ފުއްދަވާ ދެއްވާނެ" ހަސަން އަފީފު ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތެދުވެރި އިހުލާސްތެރި ނަޒާހަތްތެރި މެމްބަރުން އިންތިހާބު ކުރަންޖެހޭ މަޖިލީހެއް ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އެދޭ ބަދަލު ރައްޔިތުންނަށް ގެނެސްދޭނެ މަޖިލީހަކަށެވެ. "މަޖިލީހުގައި ލަދެއް ހަޔާތެއްނެތި ފައިސާ ގޯނީގެ ވާހަކަ ދައްކަވާ މެންބަރުން ނުތިއްބަވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ. 

އަދި މިރަސްމިއްޔާތުގައި އެމްޑީޕީ މެދު ދެކުނު ޕްރޮވިންސްގެ ނައިބު ރައީސް މޫސާ މުސްތަފާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *