ގއ. މާމެންދޫ ބޮޑު މަގުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއްވެ، ޒުވާނަކު ނިޔާވެއްޖެ އެވެ. އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 8:15 ކަހާއިރު އެވެ. މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ގއ. ވިލިނގިލީ، އުމުރުން 32 އަހަރުގެ އަަފްޟަލް ޔާސިރެވެ.
މި އެކްސިޑެންޓުގައި އިތުރު ތިން ޒުވާނަކު ޒަހަމްވެފައި ވާއިރު، އެތަނުން އެކަކު ވަނީ ވާގިނެތިފައެވެ. އަނެއް ދެމީހުން އޮތީ ވަރަށް ސީރިއަސް ހާލަތުގައެވެ.
ޒުވާނާ މަރުވީ އެކްސިޑެންޓަށްފަހު ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.