ތުރުކީގެ ގަދަބާރެއް ކަމަށްވާ ގަލަތަސަރާއީއަށް ކުޅޭ ސަދަރ އަޒީޒް އަނިޔާގައި ކަމަށްބުނެ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ މަންޒަރު އަނބިމީހާ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ކުލަބާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ވިއްކާލުމަށް ތައްޔާރު ވެއްޖެއެވެ.

ބުލެކް ސްޕޯޓްސް އޮންލައިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަލަތަސަރާއީން ވަނީ ސިވަސްޕޯއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބަނޑުގައި ރިއްސާތީ އެއްދުވަހުގެ ޗުއްޓީއެއް ދީފައިކަމަށާއި ރަނގަޅު ވެގެން އަލުން އެނބުރި އައުމަށް ކުލަބުން އެދިފައިވާ ކަމަށެވެ. ނަމަވެސް، ހީކުރިގޮތާއި ޚިލާފަށް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާތީ އިތުރަށް އެކުޅުންތެރިޔާ ބޭނުން ނުވާކަމަށް ރިޕޯޓްތައް ބުނެފައިވާކަމަށް ބުލެކް ސްޕޯޓްސް އޮންލައިން އިން ހާމަކޮށްފައިވެއެވެ. މިކަން ތުރުކީއަށް ނިސްބަތްވާ ބައެއް ޓްވިޓަރ އެކައުންޓްތަކުންވެސް ހިއްސާކޮށްފައިވެއެވެ. އަޒިޒްގެ އަންހެނުން އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޮއްމުލި ރިސޯޓްގައިކަން އެނގެއެވެ.

ތުރުކީ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އުމުރުން އެންމެ 28 އަހަރުގެ މިކުޅުންތެރިޔާ ކުޅޭ ގަލަތަސަރާއީ މިވަގުތު އޮތީ ލީގުގެ ފަސްވަނާގައެވެ. އަދި ކިތަންމެ ސިއްރުން ޗުއްޓީ ހޭދަކުރަމުން ދިޔަ ނަމަވެސް ހިއްސާކުރި ފޮޓޯތަކުގެ ސަބަބުން އެ ކުޅުންތެރިޔާގެ ކެރިއަރަށް ހިޔަނި އެޅުމުގެ ބިރާ މިވަނީ ކުރިމަތިވެފައެވެ.


ގަލަތަސަރާއީގެ ކުޅުންތެރިޔާ ސަދަރ އަޒީޒްގެ އަންހެނުން ރާއްޖޭގެ ރިޒޯޓެއްކަމަށްވާ ވޮއްމުލި ރިސޯޓުގައި ޗުއްޓީ ހޭދަ ކުރައްވަނީ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *