ޔޫއޭއީ އަށް ދަތުރުކުރުަމަށް ދިވެހިން ވިސާ ނަގަން ނުޖެހޭނެ ކަމަށް ފޮރިން މިިނިސްޓިރީން މިއަދު ވިދާޅުވެެއްޖެ އެވެ.
ފޮރިން މިނިސްޓިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދް ހަލީލް ވިދާޅުވީ، މިއަދުން ފެށިގެން ޔޫއޭއީ އަށް ދަތުރުކުރުަމަށް ދިވެހިން ވިސާ ނަގަން ނުޖެހޭނެ ކަމަށާއި، ޔޫއޭއީގެ ސަރުކާރުން ދިވެހިންނަށް ހިލޭ ވިސާ ފޯރުކޮށްދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސައި ރަސްމީކޮށް ދިވެހި ސަރުކާރަށް އެކަން މިހާރު އަންގާފައިވާ ކަަމަށެވެ.
ފޮރިން މިިނިސްޓިރީން އިތުރަށް ވިދާޅުވީ، ދިވެހިންނަށް ވިސާއާއި ނުލައި ޔޫއޭއީއަށް ދަތުރުކުރެވޭނެގޮތް ހަމަޖެހުމުގެ ސަބަބުން، އެކަމުގެ ފަސޭހަ ދިވެހިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި ޔޫއޭއީ އަށް ދަތުރުކުރުމަށް އެއް މަސް ދުވަހަށް، އޮންއެރައިވަލް ވިސާ ލިބުނު ނަމަވެސް އެހެން ބޭނުންތަކަށް ވިސާ ނަގާއިރު ފައިސާ ދައްކަން އަދިވެސް ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ގަލްފުގެ އެހެން ބައެއް ގައުމުތަކަށް ވެސް ދިވެހިންނަށް ވިސާ އާ ނުލާ ދަތުރު ކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށްވެސް ފޮރިން މިިނިސްޓިރީން މައުލޫމާތު ދިނެވެ.