ކަނދުފަތިތައް ކައިރީގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިިނިސްޓިރީން ބުނެފި އެވެ.

އެމިނިސްޓިރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކަނދުފަތިތަށް ކައިރީގައި ވަދު އަޅައިގެން މަސް ބޭނުމާއި، ދިރޭ އެން ޖަހައި ފައްތައިގެން މަސް ބާނާ ހެދުމުން އެ ސަރަހައްދަން މަސް އައިނު ތިލަ ވުމަށާއި ސަރަހައްދުގައި މަސް ހިފެހެއްޓުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދޮށީގެ މަސްވެރިކަމަށް އަސަރު ކުރާ ކަމަށެވެ.

އޮއިވާލި ކަނދުފަތިތައް ކައިރީގައި އުޅަނދު ފަހަރުތަކުން މަހުގެ ބާވަތްތަކުން މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަން ކުރަމުންދާތީ ފުލުހުން އަދި ކޯސްޓުގާޑް ބޭނުން ކޮށްގެން އެކަން ބަލަމުން އަންނަ ކަމަށް އެމިނިސްޓިރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކަނދުފަތިތަކުގެ ތިން މޭލު ކައިރިން ވަދު އަޅައިގެންނާއި، ދިރޭ އެން ޖަހައިގެން އަޑިއަށް ފައްތައިގެން މަސްވެރިކަން ކުރުމާއި މީގެ އިތުރުންވެސް ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކޮށްފައިވާ އޮންނަ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *