ބޯ ހިޔާވަހި ކަމަށް އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގާނޫނު ހަދަނީ ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލު ކުރަން ނޫން ކަމަށް ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާތިފާ ވިދާޅުވީ އަލަށް އުފައްދާ ގާނޫނުގައި ކުލީގެ އަގު ކަނޑައެޅުން ނުވަތަ ކޮންޓްރޯލް ކުރުން ހިމަނާފައި ނޯންނާނެ ކަމަށެވެ.
""އެއީ ޓެނަންސީ އެކްޓެއް. ޓެނަންސީ އެކްޓަކީ އޭގައި ދިވެހި ބަހުން ޖަހާފައި ވެސް އޮންނާނެ ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލެއް ކަން. އޭގައި ކުލީގެ ވާހަކައެއް ނޯންނާނެ." އާތިފާ ވިދާޅުވި އެވެ..
އާތިފާ ވިދާޅުވި ގޮތުގައި ކުއްޔަށް ދޫކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރާއި ފުރިހަމަ ވާންޖެހޭ ޒަރޫރީ ޚިދުމަތްތަކުގެ އިތުރުން ކުއްޔަށް ދިނުމުގެ މުއްދަތާއި އެޑްވާންސް ފައިސާ ނެގުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް އެ ބިލުގައި ހިމެނޭނެ އެވެ. އެކަމަކު އެ ބިލް ޑްރާފްޓްކުރީ ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެ ފަރާތްތަކުގެ ޚިޔާލު ހިމަނައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ބޮޑުވުމަކީ ކުއްޔަށް ހިފާ ފަރާތްތަކުން ޝަކުވާ ކުރާ ކަމެކެވެ. ކުލި ވަކި މިންވަރެއްގައި ހިފެހެއްޓޭނެ އެއްވެސް ގާނޫނެއް މީގެ ކުރިން އެކުލަވާލާފައި ނެތެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *