ސްރީލަންކާ އަށް އާދިއްތަ ދުވަހު ދިން ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައިވާ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ، ޒަހްރަން ހާޝިމް ރާއްޖެ އައި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަނީ ދޮގު ހަބަރުތަކެއް ކަމަށް އިމްގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާ އަށް އާދިއްތަ ދުވަހު ނިރުބަވެރި ހަމަލާގައި ޝާމިލުވެފައިވާ ކަމަށް ބުނާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޒަހްރަން ހާޝިމު ރާއްޖެއަށް ދަތުރުކޮށްފައިވާކަމަށް ބުނެ މީސް މީީޑިއާގައި ދެކެވެމުންދާ ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ދަންނަވާ ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި އަދި އޭގެ ކުރިންވެސް ޒަހްރަން ހާޝިމް ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުގެ ރެކޯޑްތަކުން ދައްކާފައި ނުވާ ކަމަށެވެ. އިމިގްރޭޝަނުން ވަނީ، މިކަހަލަ ނާޒުކު ދަނޑިވަޅެއްގައި ހަގީގަތާއި ހިލާފަށް އަދި އާއްމުންނަށް ކަންތައްތައް އޮޅޭގޮތަށް ހަބަރު ފެތުރުމުގެ ކުރިން އެފަތުރާ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނުގައި އެމީހުން އިތުރަށް ބުނީ، ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ހިރާސާތަކުން ގައުމު ސަލާމަތްކުރުމަށް ޓަކައި،  ރާއްޖެ އަދި ބައިނަލްއަގްވާމީ ސަލާމަތީ ބާރުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ ދޮރާށިތައް ރައްކާތެރިކޮށް ހަރުދަނާކުރުމުގެ މަަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *