ގދ. ހައުޑިގަލާ ކިޔާ ފަޅުރަށެއް ކައިރިން ދޯންޏަކާއި ރިސޯޓެއްގެ ފެރީއެއް ޖެހި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ގދ. ހައުޑިގަލާ ކިޔާ ފަޅު ރަށެއް ކައިރީގައި ރިސޯޓެއްގެ ފެރީއަކާއި މަސްދޯންޏެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށާއި އެމައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:15 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ފަސް މީހަކަށް ގދ. ތިނަދޫގައި ހުންނަ އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ފެރީއާއި ލޯންޗަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިިބިފަ އެވެ.