ރާއްޖޭގެ ރިސޯޓް ތަކުގައި މަސައްކަތް ކުރާ  މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖު އެ ރިސޯޓުތަކުން  ގާނޫނާއި އެއްގޮތަށް ދެމުން ގެންދޭތޯ ކަށަވަރު ކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީން ކުރަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމް ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިސޯޓްތަކުން މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސްޗާޖް ގާނޫނާއި އެއްގޮތަށް ނުލިބޭ ކަމުގެ ޝަކުވާތަކެއް އަޑުއިވެމުންދާ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ޓުއަރިޒަމް މިނިސްްޓްރީއިން އެކަންކަން ބަލަމުން ގެންދާނެ ކަމަށެެ.

މީގެ އިތުރުން ރައީސް ޞޯލިހު ވިދާޅުވީ، ދިވެހިންނަށް ރިސޯޓްތަކުން ދޭން ޖެހޭ ނިސްބަތަށް ވަޒީފާ ނުދޭ މައްސަލަަވެސް ފެންމަތިވެފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް ދިވެހިން ގެންގުޅެން ޖެހޭ ނިސްބަތަށްވުރެ އިތުރަށް ވަޒީފާގައި ދިވެހިން ގެންގުޅޭ ރިސޯޓްތަކަށް ޓެކްސް އިންސެންޓިވް އެއް ދޭން ނިންމާފައިވާ ކަމަށެވެ.

އަދި ގެސްޓްހައުސްތައް ފެށުމާއެކު ހެޔޮ އަގުގައި ރާއްޖޭގެ ހިތްފަސޭހަ މާހައުލުގެ އުފާވެރިކަން ލިބިގަތުމުގެ ދޮރުތައް ހުޅުވިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *