ނިމިދިޔަ ފަސް އަހަރަކީ ތަރައްޤީގެ މަގުގައި ދިވެހިރާއްޖެ ވަރަށް ވެސް ބޮޑަށް ކުރިއަށްޖެހިލި ފަސް އަހަރެވެ. އެންމެ ކުޑަ ރަށުން ފެށިގެން ގޮސް ބޮޑެތި ސިޓީތަކާއި ހަމައަށް ވަނީ މިތަރައްޤީ ގެ ކުލަވަރު ފޯރާފައެވެ. ދިވެހިރާއްޖެ މިހާތަނަށް ދުށް އެންމެ ހަލުވި ތަރައްޤީއަކީވެސް މިއީކަމާއި މެދު އެއްވެސް ބޭފުޅަކު ދެބަސް ނުވާނެއެވެ. ރައީސް ޔާމީންގެ ތަރައްޤީއަކީ ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާ މަސައްކަތްތަކެވެ.
ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް 96،000 އަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރެއްވީ ރައީސް ޔާމީން ގެނެސްދެއްވި ހަލުވި ސްޕީޑްގެ ތަރައްޤީގެ ސަބަބުންނެވެ. ޖުމްލަ ބާވީސް އަތޮޅެއްގައި އެތަކެއް މަޝްރޫއުތަކެއްވަނީ ހިންގާފައެވެ. މިގޮތުން މިބަލާލަނީ ރައީސް ޔާމީންގެ ބައެއް ތަރައްޤީ މަޝްރޫއުތަކަށެވެ.
- ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ، ހުޅުލެ، ހުޅުމާލެއާއި މާލެ އާއި ދެމެދު ދަތަރު ލުއި ކޮށްދެއްވުމުގެ ނިޔަތުގައި ފެއްޓެވި ޕްރޮޖެކްޓެކެވެ. އެންމެ ފުރަތަމަ މި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމި 2013 ވަނަ އަހަރު ރައީސް ޔާމީން އިންތިހާބު ވުމާއި އެއްކޮށް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަށެވެ. ބުރިޖު މަސައްކަތުގައި އެންމެ އަވަދިނެތި މަސްކަތް ކުރެއްވި އެއްފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެވެ. އަދީބު ހައްޔަރު ކުރުމާއި ހަމައަށް ކުރީ ސަފުގައި ބުރިޖުގެ މަސައްކަތުގައި ރައީސް ޔާމީން އުޅުއްވި މަންޒަރެއް ނުފެނެއެވެ. ބުރިޖު ނިމި މިހާރު ބުރިޖުން މާލެ އަދި ހުޅުމާލެއިން ދަތުރުކޮށްލަން ނަގަނީ އެންމެ ފަނަރަ މިނެޓެވެ. މި ބުރިޖުގެ ދިގު މިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. ފުޅާ މިނުގައި 20.3 މީޓަރު ހުންނައިރު މި ބުރިޖުގެ ދަށުން 12 މީޓަރު ހުންނަ ކަނޑު އުޅަނދު ފަހަރަށް ދަތުރުކުރެވޭނެއެވެ. މި ބުރިޖުގެ އަގަކީ 210 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން 126 މިލިއަން ޑޮލަރު ޚަރަދު ކުރީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ.
- ހުޅުމާލެ ދެވަނަ ފޭސް
ރައީސް ޔާމީންގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓަކީ ހުޅުމާލެ ދެވަނަ ފޭސް އެވެ. ހުޅުމާލެ 2 ވަނަ ފޭސްއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމަށްޓަކައި ފެއްޓެވި ޕްރޮޖެކްޓެކެވެ. ދެވަނަ ފިޔަވަހީގައި 245 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި، ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖަހައި މިހާރު ވަނީ ނިންމާފައެވެ. މިފިޔަވަހީގެ މަސައްކަތް ނިމޭއިރު އެތައް ބައިވަރު ފްލެޓްތައް ހިމެނޭ އުސް ޓަވަރުތައް ހުންނާނެއެވެ. ޒަމާނީ ފެންވަރުގެ ޝޮޕިން މޯލްތަކާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމަށްޓަކައި އިޤުތިސާދީ ސަރަޙައްދަކާއި، ޔޮޓް މެރީނާއަކާއި، ނޮލެޖް ޕާކެއް އޮންނާނެއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު ނަމަވެސް މި ޕްރޮޖެކްޓްތައް އާ ސަރުކާޜުން ވެސް ދަނީ ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ.
- ދަރުމަވަންތަ ހޮސްޕިޓަލް
ރާއްޖޭގައި ތިބެގެން ބޮޑެތި ފަރުވާ ތަކަށް ފަރުވާ ހޯދޭނެ ނިޒާމު ގާއިމު ކުރުމަށްޓަކާ ހެދަމުން ގެންދާ ހޮސްޕިޓަލަކީ ޒަމާނީ ސިއްޙީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފެއްޓެވި މަޝްރޫއުއެކެވެ. ފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމަށް ފެށި މި ޕްރޮޖެކްޓް މިހާރުވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ. ޖުމްލަ 25 ފަންގި ފިލާ ހުންނަ މި އިމާރާތުގެ 6 ފަންގިފިލާ ޚާއްސަކުރެވޭނީ، ނޭޝަނަލް ޑައިގްނޯސްޓިކްގެ ހިދުމަތް ދިނުމަށް ކަމަށް އޭރުވަނީ ކަނޑައަޅާފައެވެ. މި ހޮސްޕިޓަލުގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތަކީ އަލަށް ފަށަން އޭރު ހަމަޖެހިފައިވާ މެޑިކަލް ކޮލެޖްގެ ހިދުމަތެވެ. މި ހޮސްޕިޓަލު ޤާއިމު ކުރުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެއެވެ.
މިހޮސްޕިޓަލުގެ ކުރިން އާންމު ކުރި ކުރެހުމުގައި ހިމެނޭ އިމާރާތެއް ހޮސްޕިޓަލް ނިމުނު އިރު ފެންނަން ނެތްކަން ދަނީ ގިނަ ބަޔަކު ފާހަގަ ކުރަމުންނެވެ. އެ އިމާރާތް އޭރު ކުރެހުމުގައި ހުރެފައި މިހާރު ނެތީތޯ ވަރަށް ގިނަ ފަރާތްތަކުން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައިވެސް ސުވާލު އުފައްދާފައިވެއެވެ.
ބައެއް ޑޮމެސްޓިކް އެއާޕޯޓްތައް
- ކުޑަހުވަދޫ އެއަރޕޯޓް
ކުޑަހުވަދޫ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކައިގެން އަޅާފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގެ ދިގު މިނަކީ 1800 މީޓަރެވެ.
- އިފުރު އެއަރޕޯޓް
ރ. އަތޮޅު އިފުރުގައި ތަރައްޤީކޮށްފައިވާ ސަރަޙައްދީ މި އެއަރޕޯޓް ރަސްމީކޮސް ހުޅުވައިދެއްވީ، 28 2015 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
- ކޫއްޑޫ އެއަރޕޯޓު
ކޫއްޑޫ އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަރައްޤީކޮށް އަލުން ހުޅުވާފައިވަނީ 25 ސެޕްޓެމްބަރު 2017 ގައެވެ. މި އެއަރޕޯޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކުރިން އޮތް 1200 މީޓަރުގެ ރަންވޭ 1800 މީޓަރުގެ ދިގުމިން ހުންނަ ބޮޑު ރަންވޭއަކަށް ހެދުމާއި، ބޮޑެތި މަތިންދާބޯޓު ޖެއްސޭވަރަށް އެއަރޕޯޓުގެ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ.
- ކުޅުދުއްފުށީ އެއަރޕޯޓު
ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު ހުޅުވާފައިވާ އެއާޕޯޓެކެވެ. ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެއަރޕޯޓު ހުޅުވި އިރު އެއަރޕޯޓުގައި އެއްވެސް ވަސީލަތްތަކެއް ނެތް ކަމާއި ހަމައެކަނި ހުރި ރަންވޭއެއް އެކަނި ކަމެވެ. ނަމަވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ވޯޓާ ދިމާކޮށް ހުޅުވާލަދިން އެއާޕޯޓުގައި ދަތުރުކުރެއެވެ. ޗެކްއިން ވުމުގައި ހުރި ދަތިތަކަށް އަދުގެ ސަރުކާރުން ހައްލެއް ގެނެސްދެއްވާނެކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.
- ހައްދުންމަތީ ބޮޑުމަގު
އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީގޮތުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ހައްދުންމަތީ ގަމުގައި ހަދާފައިވާ ލިންކު ރޯޑަކީ 17.2 ކިލޯމީޓަރުގެ ދިގު މަގެކެވެ. މަގުގެ ފުޅާމިނުގައި 12 މީޓަރު ހުރެއެވެ. އަދި ގަމާއި މާންދުއާއި ކައްދުއާއި ފޮނަދޫ ވަނީ ކޯޒްވޭއަކުން ގުޅުވާލާފައެވެ. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތްވަނީ 2013ގެ ކުރިން ފަށާފައެވެ.
- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އާ ރަންވޭ
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެއަރޕޯޓު އަލުން ތަރައްޤީ ކޮށްްފައެވެ. މިގޮތުން A380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރުގެ ހުރި ރަންވޭ އެއް އަޅާ A380 މަރުކާގެ މަތިންދާ ބޯޓެއް ވަނީ މި ރަންވޭއަށް ޖައްސާފައެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް A380ގެ މަރުކާގެ ބޯޓެއް ޖެއްސި ފަހުން އަދި އިތުރު އެމަރުކާގެ ބޯޓެއް ނުޖައްސައެވެ. ރަަންވޭއަށް އެންމެ ފުރަތަމަ އޮޅިގެން ނަމަވެސް ޖެއްސީ އިންޑިއާގެ ފްލައިޓެކެވެ. ރަސްމީކޮށް ރަންވޭ ހުޅުވާ A380 މަރުކާގެ މަތިންދާ ބޯޓު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ޖެއްސީ ސާފް ޗެމްޕިއަންޝިޕްގައި ލިބުނު ރަން ތައްޓާއިއެކުގައެވެ.
- ރަސްފަންނު
ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭ ހުސްވަގުތުތަކުގައި އުފާވެރި ބައްދަލުވުންތައް ބާއްވާނެތަންތަން މަދުކަމުން މިފަދަ ތަންތަން މާލޭގައި ބިނާ ކުރުމަށްޓަކައި އުފެއްދެވި ރަސްފަންނަކީ ރައީސް ޔާމީންގެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތެވެ. ރަސް ފަންނަކީ މިހާރުވެސް އާންމުންގެ ގިނަ ބަޔަކު އެއްވެ ވަގުތު ހޭދަ ކުރަމުންދާ ތަނެކެވެ.
ރައީސް ޔާމީންގެ ސަޅި ތަރައްޤީ
ރައީސް ޔާމީންގެ ތަރައްޤީގެ ވާހަކައަކީ އޭގައި ކޮޅުން ނުލާނެ ވަރުގެ ވާހަކަތަކެވެ. ބޮޑެތި މަޝްރޫޢުތަކާއި އެކު ރައީސް ޔާމީން ގެންނެވި ތަރައްޤީ އަށް ދިވެހިން އަދިވެސް ޝުކުރުވެރިވެއެވެ. ރައީސް ޔާމީން ގެންނެވި ތަރައްޤީގެ ބަދަލަށް ދިވެހިން ވޯޓު ނުދެއްވި ސަބަބާއި މެދު އެމަނިކުފާނު އަބަދުވެސް ސުވާލު އުފައްދައެވެ.
ކިތަންމެ ބޮޑު ތަރައްޤީއެއް ކުރިނަމަވެސް ފަސްބައިގައި ކިލަނބު ވެއްޖެ ކަމަށް ތުހުމަތު ކުރެވި ގަބޫލު ކުރެވޭ ހިސާބަކީ ދިވެހިން މި ތަރައްޤީ ބަލައިގަތަސް ރައީސް ޔާމީނަށް ވޯޓު ނުދެއްވި ސަބަބެވެ. އަރިހުގައި އުޅުއްވި ބޭފުޅުންގެ ފަރާތްޕުޅުންނާއި ހުދު އެމަނިކުފާނުގެ ބައެއް އަމަލުތަކުގެ ސަބަބުން މި ތަރައްޤީއަށް ފަސް އެޅި ފޮރުވެނީއެވެ. ރައީސް ޔާމީންގެ އަރިހުގައި އުޅުއްވި ބޭފުޅުންގެ އަމަލުތަކާއި ހެދި ގެއްލުނީ އެތައް ބައިވަރު ވޯޓެކެވެ. ދިވެހިންނަށް ރައީސް ޔާމީން ގެންނެވި ތަރައްޤީ ހަމަ އަދިވެސް ސަޅި އެވެ. ތަރައްޤީގެ ޕްރޮޖެކްޓައް ހިތްގައިމުވެފައި ސަޅިއެވެ. ގޯސްވީ ވައްކަމުގެ ކޮރަޕްޝަންގެ ތުހުމަތު ތަކާއި ޖަލުގެ އަނިޔާއެވެ.