މާލޭގައި ދެފުރޮޅުލީ އުޅަނދަށް ހާއްސަ ކޮށްގެން އިތުރު ސަރަހައްދެއްގައިވެސް ޕާކިން ޒޯނެއް ހުޅުވައިފިއެވެ.

ދެފުރޮޅުލީ އުޅަނދަށް ހާއްސަކޮށްގެން ޕާކިންގް ޒޯނެއް ހަދާފައިވަނީ، ހެންވޭރު ސަހަރާގެ ހުޅަނގުން ކަލާފާނު ހިނގުމުގައެވެ. ޓްރެފިކު ފުލުހުން މީސްމީޑިއާގައި މިއަަދު ބުނެފައިވަނީ އެ ސަރަހައްދުގައި ހެދި ޕާކިންގް ޒޯނު މިހާރު ދެޕުރޮޅުލީ އުޅަނދު ތަކަށް ޕާކު ކުރެވޭ ގޮތަަށް އާއްމުންނަށް ހުޅުވާލާފައި ވާ ކަމަށެވެ.

ޕާކް ކުރުމުގެ މައްސަލައަކީ މާލޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި މިހާތަނަށް އެމައްސަލައަށް އެދެވިގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ވެސް ގިނަ އާއްމުން ދަނީ ބުނަމުންނެވެ. ޕާކް ކުރާނެ ތަނެއް ނެތުމަކީ ގިނަ ބަޔަކު ކުރާ ޝަކުވާ އެކެވެ. 

ޕާކް ކުރުމުގެ އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދަނީ، ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގް ޒޯނުތައް ހަދަމުންނެވެ. އެގޮތުން މިއަހަރު ތެރޭ ވެސް ވަނީ މާލޭގެ އެކި ސަރަހައްދުގައި ދެފުރޮޅުލީ އަދި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކް ކުރެވޭނެ ހެން ތަންނަން ހަދާފައި ހުޅުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *