އެމްޓީޑީގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައްޔަންނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ޝަރުއީ ގޮތުން ހުކުމެއްގައި ހުންނަ ފަރާތަކަށް ސިޔާސީ ޕާޓީއެއްގެ ރައީސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި މެމްބަރަކަށްވުން ނޫން އިތުރުކަމެއް ނުކުރެވޭނެ ކަމަށާއި، ޕާޓީއެއްގެ އެއްވެސް އިސް މަގާމަކަށް އެފަދަ ބޭފުޅަކަށް ނާދެވޭނެ ކަމަށް "އަވަސް" ނޫހަށް އަކުރަމް ދިން އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

އަދި އަދީބު އެމްޓީޑީގެ ރައީސް ކަމަށް އައްޔަން ކުރި ކަމުގެ ލިޔުންތަށް މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ. އަދި އެ ލިޔުންތަށް ލިބުމުން އަދީބު އެ ޕާޓީގެ ރައީސަކަށް ހަމަނުޖެއްސޭނެކަން ރަސްމީކޮށް އެ ޕާޓީއަށް އަންގާނެ ކަމަށެވެ.  

އެމްޓީޑީގެ ރައީސް ކަމަށް އަދީބު ހޮވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

އަދީބު ރައީސް ކަމަށް ހޮވާފައިވާއިރު، ސީނިއާ ނައިބު ރައީސްގެ ގޮތުގައި ހޮވާފައި ވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އިސްމާއިލް އާސިފް އެވެ. އޭގެ އިތުރުން ނައިބު ރައީސްއަކަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވަނީ ހޮވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *