މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ، އެމްޓީޑީގެ ރައީސް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަމަޖައްސައިފި ކަމަށް އެ ޕާޓީއިން ހާމަކޮށްފި އެވެ.
އެމްޓީޑީގެ ރައީސް ކަމަށް އަދީބު ހޮވާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.
އަދީބު ރައީސް ކަމަށް ހޮވާފައިވާއިރު، ސީނިއާ ނައިބު ރައީސްގެ ގޮތުގައި ހޮވާފައި ވަނީ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އިސްމާއިލް އާސިފް އެވެ. އޭގެ އިތުރުން ނައިބު ރައީސްއަކަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވަނީ ހޮވާފަ އެވެ.