ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އައު ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރަސްމީ ކުލަ ކަމަށް ބުނާ ކުލަ އިލެކްޝަން ކޮމިޝަން އިން ބަލައިނުގަތެވެ. 

މި ކުލަ ބަލައި ނުގަންނަ ކަމަށް އިލެކްޝަނުން ނިންމެވީ މިއަދު އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ. އަހުމަދު ޝަރީފު ވިދާޅުވެފައި ވަނީ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ބޭނުންކުރާ ކުލައެއް ނުވަތަ އެ ކުލައިގެ ޝޭޑެއް އެއްވެސް ސިޔާސީ ޕާޓީއެއްގެ ކުލައިގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ. 

ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީގެ ރަސްމީ ކުލަ އަކީ ޓާކޮއިސް (މަޑު ނުލާއި ފެހީގެ ޝޭޑް)ގެ ކުލަ އެކެވެ. އަހުމަދު ނިހާނު ކުރެއްވި ޓްވީޓެއްގައި ޕީއެންސީ ގެ އޮފިޝަލް ކުލަޔަކީ ޓާކޮއިސް ކަމަށްވަނީ ބުނެފައެވެ. 

އިލެކްޝަނުން ކުލަ ބަލައި ނުގަތް އިރު ފުރަތަމަ ޕީއެންސީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުންވެސް އިލެކްޝަނުން ވަނީ ޕާޓީ ރަޖިސްޓްރީ ކުރަން ހުއްދައަށް އެދުމުން އެންމެ ފުރަތަމަ ހުއްދަ ނުދީފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އަކީ ޕީޕީއެމް އަށް ނިސްބަތްވާ މީހަކަށް ވާތީ އިލެކްޝަނުން ވަނީ ޕީއެންސީ ރަޖިސްޓްރީ ކޮށް ނުދީފައެވެ. ނަމަވެސް ފަހުން އެ ހުއްދަ ޕީއެންސީ އަށް ދީފައިވަނީ އަބްދުއްރަހީމް ޕާޓީއިން ވަކިވެ އައު ޕާޓީ އުފައްދަވަން ހުއްދައަށް އެދުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *