"ފިނިފެންމާ" ލޯންޗުކޮޅު ގޮށްވާލުމުގެ ހާދިސާއާ ގުޅުވައި، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މީޑިއާގައި މިރޭ ދެއްކެވި ވާހަކަތަކީ ބުހުތާނު ދޮގެއް ކަމަށާއި އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މޫކައި ހޮޓެލްގައި މިރޭ  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ދެއްކެވި ވާހަކަތަކާ ގުޅިގެން، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން އުފެދިފައިވާ ސުލޫކީ ކޮމިޓީން މުއާޒްގެ މައްސަލަ ބަލާ ތަހްގީގު ކުރުމަށް ހުށަހަޅާފައިވާ ކަަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މުއާޒް ވަނީ މިރެއިން ފެށިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުންނާއި، ޕީޕީއެމްގެ މެމްބަރު ކަމުން އޭނާ ވަކިވެވަޑައިގެންނެވިކަންވެސް މި ބައްދަލު ކުރެއްވުމުގައި އިއުލާން ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.