ގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ހެދުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ގާނޫނު ޑްރާފްޓްކޮށް ދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. 

މާލޭގެ ގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނެއް ނެތުމުން މަލޭގެ ގެދޮރު ކުލި ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އަތްނުފޯރާ ހިސާބަށް އަރާގެން ގޮސްފައެވެ. އެގޮތުން އެވެރެޖް ގޮތެއްގައި މާލޭގައި މަހުކުލި ދައްކާ ގޮތަށް ދެ ކޮޓަރި އެޕާޓްމަންޓެއް ލިބެނީ ވިހި ހާސް ރުފިޔާ އާއި ފަނަރަ ހާސް ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ތިން ކޮޓަރި އެޕާޓްމަންޓްތަށް ވިހި ހާސް ރުފިޔާއަށް ވުރެ މަތިން އުޅޭއިރި، އާދައިގެ އެއް ކޮޓަރި އެޕާޓްމަންޓެއް އުޅެނީ ދިހަ ވަރަކަށް ހާސް ރުފިޔާގެ އަގެއްގައެވެ. މި ރޭޓް ތަކަކީ މާލޭގައި މަސައްކަތް ކުރާ މީހެއްގެ މަހު މުސާރައަށްތުރެވެސް ބޮޑު އަދަދެކެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން މި ކަމަށް ހައްލެއް ހޯދައިފައި ނުވިނަމަވެސް، ކުލި ކޮންޓްރޯލް ކުރުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *