އާ އަހަރާއި ދިމާކޮށް މަސްތުވާތަކެތި ހުއްޓުވުމުގެ ޚާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފައްޓައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ އާ އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމެވެ.
ފުލުހުންގެ މި އޮޕަރޭޝަންގައި ފުލުހުން ތަހުގީގުތަކަށް އެހީތެރިވުމުގެ ގޮތުން ބޭނުން ކުރާ "ކުއްތާ" ނުވަތަ ފާރަގެމަވެސް ބޭނުންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަސްޓަމްސް އާއިވެސް ގުޅިގެންނެވެ.