ބިންހެލުންތައް އާދަޔާހިލާފަށް ގިނަވުމަކީ ޤިޔާމަތް ދުވަހުގެ ކުދި އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  

އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَكْثُرَ الزَّلَازِلُ))[1] "ބިންހެލުންތައް ގިނަވެއްޖައުމާ ހަމައަށް ޤިޔާމަތް ޤާއިމެއް ނުވާނެއެވެ.”

އަދި سَلَمَةُ بْنُ نُفَيْلٍ السَّكُونِي ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (فَذَكَرَ الحَدِيْث، وَفِيْهِ): ((وَبَيْنَ يَدَيِ السَّاعَةِ مُوَتَانٌ شَدِيدٌ، وَبَعْدَهُ سَنَوَاتُ الزَّلَازِلِ))[2] ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެން ތިމަންމެން ބޭކަލުން ތިއްބެވީމުއެވެ. (ދެން ޙަދީޘް ކިޔުއްވިއެވެ. އޭގައި ވެއެވެ.): “ޤިޔާމަތާ ކައިރީގައި ގިނަ މަރުތަކެއް ވެއެވެ. އޭގެފަހުގައި ބިންހެލުންތައްގިނަ އަހަރުތަކެއް ވެއެވެ.”

ޤިޔާމަތް ދުވަހުގެ ކުދި އަލާމަތްތަކުގެ ތެރޭގައި ބިންހެލުން ގިނަވުން ހިމެނޭ އިރު މި ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ ބާރުގަދަ ބިންހެލުންތައް އައިސްފައެވެ. އެގޮތުން މީގެ ދެތިން ދުވަހެއްކުދިން އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސް 400 އަށް ވުރެއް ގިނަ މީހުން މަރުވި އިރު މިއަދު ވަނީ ޔޫރަޕުގެ އަލިފާން ފަރުބަދައެއް ގޮވައި ބިންހެލުމެއް އައިސްފައެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ޤިޔާމަތުގެ ކުދި އަލާމާތްތަކުގެ ތެރެއިން ގިނަ އަލާމާތްތައް މިހާރު ވަނީ ފާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.