ރާއްޖޭގައި ރޭޕް ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން ޖެންޑަ މިނިސްޓްރީއިން ކޮންމެ މަހަކު އާންމުކުރާ އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ޖޫން މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ޖެންޑަ މިނިސްޓްރީ އަށް ރޭޕްކުރުމުގެ ހަތް މައްސަލައެއް ވަނީ ހުށަހަޅައިފިއެވެ.

މިދިޔަ މަހު އެކަނި ވެސް އެ މިނިސްޓްރީއަށް ރޭޕްކުރުމުގެ ތިން މައްސަލައެއް ވަނީ ލިބިފައިިވާއިރު އޮކްޓޫބަރު މަހާއި ސެޕްޓެމްބަރު މަހު ވެސް ރޭޕްގެ ދެ މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން  ޖޫން މަހު ވެސް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާ ބަލާއިރު އިތުރު އަދަދެކެވެ. 

ރޭޕްގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާގެ 27 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފައިވެއެވެ. އެވެ. އަދި އޮކްޓޫބަރު މަހު ގެވެށި އަނިޔާގެ 29 މައްސަލައެއް  ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ޖިންސީ އަނިޔާގެ ހަތަރު މައްސަލަ އާއި ނަފްސާނީ އަނިޔާގެ 14 މައްސަލައެއް ހިމެނެ އެވެ.

ޖެންޑާއަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން ކުދަކުދިންނަށް އަނިޔާކޮށްގެން 78 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *