ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލަށް ފައްތައި ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް  ގެންނަ ބަދަލުން އެމިނިސްޓްރީގެ 40 މުއައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ސަރުކާރުގެ ހުރިހާ އިދާރާ ތަކުގެ މުއައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެއްހަމައަކުން އަމަލުކުރަން އެކުލަވާލި އޮނިގަނޑު ތަންފީޒު ކުރާއިރު، ހައުސިން މިނިސްޓްރީގެ 40 އަށްވުރެ ގިނަ މުއައްޒަފުންގެ ވަޒީފާ ގެއްލެއެވެ. މި މައްސަލަ އާއި ގުޅިގެން އެމުއައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސިވިލް ސާވިސް އިން ކަނޑައެޅި އާއުސޫލުގައި ޖީއެސް3 އަދި ޖީއެސް4 ރޭންކުގެ މުއައްޒަފުން ނުހިމެނެއެވެ. މި ދެރޭންކުގައި 40 އައްވުރެ ގިނަ މުއައްޒަފުން އެމިނިސްޓްރީގެ ވަޒީފާ ތަކުގައި އުޅޭކަމަށާއި، މީގެ ތެރޭގައި ވަރަށް ތަޖުރިބާކާރު، ވަރަށް ގާބިލް މުއައްޒަފުންވެސް ހިމެނޭކަމަށް 'މިހާރު' ނޫހުން މައުލޫމާތު ދީފައި ވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެދި މުއައްޒަފުން ވަނީ ހައުސިން މިނިސްޓަރ އާތިފާ އަށްވެސް ހުށަހަޅާފައެވެ.

ކުރީގެ ސަރުކާރުން އުފެއްދެވި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާރ މިނިސްޓްރީ، މިސަރުކާރުން ވަނީ ދެމިނިސްޓްރީ އަކަށް ބަހާލާފައެވެ. ހައުސިން އެންޑް އާބަން ޑިވޮލަޕްމަންޓް މިނިސްޓްރީ އާއި ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީ އުފައްދަވާފައި އޮތް ނަމަވެސް ދެމިނިސްޓްރީ ވެސް ހިންގަމުން ގެންދަނީ އެއް އިމާރާތެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.