"ޕްލާސްޓިކް ނޫން ގޮތެއް" ޝިއާރުގެ ދަށުން ދޭހަ ޑޮޓް ކޮމްގެ ފަރާތުން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ ދަށުން ދޭހަ ޑޮޓް ކޮމްގެ ފަރާތުން ހދ. ނެއްލައިދޫ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންނަށް މިއަދު ވަނީ ބިއްލޫރި ފުޅި ހަދިޔާ ކޮށްފައެވެ. މިކެމްޕޭން ފެށިފައިވަނީ މިކަމަށްޓަކައި ބުރެވި ކެފޭގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ. މިހަފްލާގައި ނެއްލައިދޫގެ ހުރިހާ މުއައްސަސާތަކުގެ އިސްވެެރިން ބައިވެެރިވެފައިވެއެވެ. މިހަފްލާގައި ވާހަކަ ދައްކަވަމުން ދޭހަ ޑޮޓް ކޮމްގެ ފައުންޑަރ މެމްބަރ ހާމިދު ރަޝީދު ވިދާޅުވީ މި ކެމްޕޭންގެ މައިގަނޑު މަގުޞަދަކީ ޕުލާސްޓިކުން ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކަށް ރައްޔިތުން ހޭލުންތެރި ކުރުންކަމަށާއި، އެދެވޭ ގޮތެއްގައި މިކަން ކުރިއަށް ގެންދެވޭނީ މުއައްސަސާތަކުން ނަމޫނާ ދައްކައިދީގެން ކަމަށެވެ. މިއަދު މި ފެށުނު ކެމްޕޭންގެ އިތުރު ޙަރަކާތްތަކެއް ކުރިއަަށް ރޭވިފައި ހުރިކަމަށްވެސް ހާމިދު ރަޝީދު އިތުރަށް ވިދާޅުވިއެވެ.

ދޭހަ ޑޮޓް ކޮމްގެ ފަރާތުން މިއަދުވަނީ ނެއްލައިދޫގެ ހުރިހާ މުއައްސަސާތަކަށް ޒިޔާރަތްކޮށް ހުރިހާ މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ. މި ކެމްޕޭންގައި ނެއްލައިދޫގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން ދޭހަ ޑޮޓް ކޮމްގެ ފަރާތުން ފާހަގަ ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.