ރެޕަންޒިލް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ކާޓޫނެކެވެ. އެ ކާޓޫނު ގިނަ ބަޔަކަށް ކަމުގޮސް އަވަހަށް ވައިގައި ހިފި އެންމެ ބޮޑު ސަބަބަކީ އެ ކާޓޫނުގައި އުޅޭ ރެޕަންޒިލްގެ އާދަޔާ ހިލާފު ދިގު އިސްތަށިގަނޑުގެ ސަބަބުންނެވެ.

ރެޕަންޒިލް އަށް ވުމަށް އިސްތަށިގަނޑު ދިގުކުރާ މީހުންވެސް ދުނިޔޭގައި މަދެއް ނޫނެވެ. އަދި ގުދުތަދީ ގޮތުން ދެއްވާފައިވާ އިސްތަށިގަނޑުގެ ސަަބަބުން އެތައް ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ފަރާތްތައްވެސް ދުނިޔޭގައި އުޅެއެވެ.

އެގޮތުން އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ނިލަންޝީ ޕަޓޭލްއަކީ އެފަދަ ހާއްސަ ކަމެއް ލިބިގެންވާ ކުއްޖެކެވެ. ނިލަންޝީގެ ފަސް ފޫޓު ދިގު އިސްތަށިގަނޑުގެ އަވައިގައި އެތައް ބައެއް ޖެހިފައިވާއިރު އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ އިސްތަށިގަނޑު ދިގުކުރުމުގެ މަސައްކަތް ފެށީ އުމުރުން އެންމެ ހަ އަރުގައި ކަމަށެވެ. 

ނިލަންޝީ ބުނީ އޭނާ އިސްތަށިގަނޑު ދިގުކޮށް ރީތިކުރުމަށް ވަކި ހާއްސަ ޕްރޮޑަކްޓެއް ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް ކޮންމެ ހަފްތާއަކުވެސް އޭނާގެ ފަސް ފޫޓު ހަތް އިންޗީގެ ދިގު އިސްތަށިގަނޑު މަންމަގެ އެހީއާއި އެކު ވަަރަށް ރަނގަޅަށް ދޮންނަ ކަމަށް ނިލަންޝީ ބުނެއެވެ.

މީގެ އިތުރުން އިސްތަށިގަނޑުގެ ސަބަބުން އެއްވެސް އުދަނގުލަކާއި ކުރިމަތި ނުލާ ކަމަށާއި އިސްތަށިގަނޑު ކޮށާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ނިލަންޝީ ބުނެއެވެ.

"ބައެއް މީހުންނަށް ހީވަނީ އަހަންނަށް ވަރަށް އުނދަގޫވާނެއޭ ދިގު އިސްތަށިގަނޑެއް އޮތީމަ. ހަގީގަތުގައި އަހަންނަށް އެއްވެސް އުނދަގުލެއް ނުވޭ ދިގު އިސްތަށިގަނޑުގެ ސަބަބުން. އަހަރެން  ތަފާތު ކުޅިވަރުތައްވެސް ކުޅެ ހަދަން . އަދި އެހެން ކުދިން ކުރާ ގިނަ ކަންތައްތައް ކުރަން،. ނަމަވެސް އެއްވެސް އުނދަގުލެއް ނުވޭ" ނިލަންޝީ ބުނެފައިވެއެވެ.

މީގެ އިތުރުން ނިލަންޝީ ބުނީ އޭނާގެ އިސްތަށިގަނޑަކީ އޭނާއަށް ލިބިފައިވާ ނަސީބެއްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *