މިމަހު އެންމެ ބާރު ސްޕީޑެއްގައި ޑެންގޫ ފެތުރިފައިވަނީ ލ. އަތޮޅު ފޮނަދޫގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހިނގާ އޭޕްރީލް މަހު ޑެންގޫ ހުން ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ، ލ.ފޮނަދޫ އިންނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފޮނަދޫގެ 72 މީހުން ވަނީ މިމަސް ތެރޭ އެކަނިވެސް ޑެންގޫ ޖެހިގެން ރިޕޯޓް ކޮށްފައެވެ.
ފޮނަދޫ އަށް ފަހު އެންމެ ގިނަ މީހުން ދެން ޑެންގޫ ޖެހިގެން ރިޕޯޓް ކޮށްފައިވަނީ، ހދ.އަތޮޅުންނެވެ. ހދ. އަތޮޅުން ވަނީ ޑެންގޫ ޖެހިގެން 46 މީހުން ރިޕޯޓް ކޮށްފައެވެ. ތިންވަނަ އަށް އެންމެ ގިނައިން ޑެންގޫ ރިޕޯޓުކުރީ ހުޅުމާލެއިންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހުޅުމާލެއިން ވަނީ 39 މައްސަލަ ހުށަހަޅާފަ އެވެ.
އެޗްޕީއޭ އިން ވަނީ މިދުވަސްކޮޅު ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރު ވަމުންދާތީ، އާއްމު ރައްޔިތުންނަށް އެބަލިން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައެވެ.