ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާ އަކަށް ވާދަކުރަން ޖޭޕީން އަދި ނުނިންމާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ކޯލިޝަންގައި މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައި ޕްރައިމަރީ އަށް ތައްޔާރުވެފައި ވަނިކޮށް، ޖޭޕީން ވަނީ ކައުންސިލް ބައްދަލުވުމަކަށް ފަހު އެ ޕާޓީގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަދި 87 ދާއިރާއަށް ކުރިމަތިލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް މިއަދު ވިދާޅުވީ ޖޭޕީގެ ޓިކެޓް ބޭނުންވާ މީހުންނަށް ކުރިމަތިލާން ހުޅުވާލުމަކީ 87 ގޮނޑި އަށް ވާދަކުރަން ނިންމުން ނޫން ކަމަށާއި، ކައުންސިލުން ނިންމީ ޓިކެޓް ދޭނެ މީހުން ކަނޑައަޅަން ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި، ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓް ދޭނެ މީހުން އެކޮމެޓީން ކަނޑައެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ޖުމްހޫރީ ޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީން މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލާން ނިންމުމަކީ ޑިމޮކްރެސީ އަށް ލިބުނު ކުރިއެރުމެކެވެ. އޭގެ ފައިދާއަކީ، މަޖިލީހަށް ވާދަކުރާ ބައިވަރު ކެންޑިޑޭޓުންގެ ތެރެއިން އެދާއިރާއަކަށް އެންމެ އެކަށޭނަ މެމްބަރަކު ހޮވުމަށް ރައްޔިތުންނަށް އިޙްތިޔާރު ލިބިގެންދިއުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *