ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ގެ ނަމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ޕާޓިއެެއް އުފެއްދުމަށް ހުށަހެޅި ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރުމުން، ރައީސް ޔާމީންގެ ފަރާތުން އަލުން އެ ފޯމް ހުށަހަޅުއްވައިފި އެވެ.

އާ ޕާޓީއެއް އުފެއްދުމަށް ރައީސް ޔާމީންގެ ފަރާތުން ފުރުތަމަ ހުށަހެޅި ފޯމް ބާތިލް ކުރެއްވީ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަމުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރެ އެ ފޯމް ހުށަހެޅުއްވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމް އިން އަބްދުއްރަހީމް ވަކިވުމަށް ފަހު ޕީޕަލްސް ނޭޝަނަލް ކޮންގްރަސް އުފެއްދުމަށް އަލުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމް ބަލައިގަނެ އެކަން ބަލަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *