އިންޑިއާގައި 18 އަހަރުގެ އަންހެން ކުއްޖެއް ގައިގައި އަލިފާން ރޯކޮށްލައި މަރާލައިފި އެވެ. އިންޑިއާގެ ޕައުރީ ޑިސްޓްރިކްންޓް ގައި އަންހެން ކުއްޖާ ގައިގައި އަލިފާން ރޯކޮށްލައި މަރާލާފައި ވަނީ ލޯބީގެ ގޮތުން ގުޅުމަށް ހުށަހެޅި ހުށަހެޅުން އެ އަންހެން ކުއްޖާ ގަބޫލު ނުކުރުމުން ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދެއެވެ.

އެކުއްޖާގެ ހަށިގަނޑުގެ %80 ފިހިފައިވާ ކަމަށާއި އެކުއްޖާ މަރުވެފައިވަނީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސަފަދަރުޖުންގް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެންގޮސްފައި ވަނިކޮށް ކަމަށްވެސް އޮފިޝަލުން އިންޑިއާ ޓައިމްސް އަށް މައުލޫމާތު ދިނެވެ.

އެ ކުއްޖާއަށް ހަމަލާ ދީފައިވަނީ އިންޑިއާގެ ބީއެސްސީގެ އިމްތިހާން ނިންމުމަށް ފަހު ސުކޫޓަރުގައި ގެއަށް ދަނިކޮށެވެ. ކުއްޖާ ގައިގައި އަލިފާން ރޯކޮށްލައި މަރާލާފައިވަނީ މަނޯޖް ސިންގް ނަމަކަށް ކިއާ ޓެކްސީ ޑްރައިވަރެއް ކަމަށްވެސް އޮފިޝަލުން މައުލޫމާތު ދެއެވެ.

ކައިވެންޏެއް ކޮށްގެން އުޅޭ މަނޯޖް ސިންގް ވަނީ އެކި ފަހަރު މަތިން އެ އަންހެން ކުއްޖާ ކައިރީގައި ލޯބީގެ ގޮތުން ގުޅުމަށް ހުށަހަޅާފައެވެ. ނަަމަވެސް އެ ކުއްޖާ ވަނީ އެ ގުޅުމަށް ނޫނެކޭ ބުނެފައެވެ. ލޯބީގެ ގޮތުން ގުޅުމަށް މަނޯޖް ހުށަހެޅި ހުށަހެޅުން އެ އަންހެން ކުއްޖާ ބަލައިނުގަތުމުން އެ ކަމާ ރުޅި އައިސްގެން، އަންހެން ކުއްޖާއަށް ފާރަލައި ކުއްޖާ ސުކޫލުން ގެއަށް ދިޔަ މަގުމަތީގައި ހަމަލާދީ ޕެޓްރޯލް ޖެހުމަށްފަހު ރޯކޮށްލީ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އިންޑިއާގެ ފުލުހުން ވަނީ މަނޯޖް ސިންގް ހަމަ އެ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި ގާނޫނީ ގޮތުން މަނޯޖް ސިންގަށް ލިބެންޖެހޭ އަދަބެއް ވިއްޔާ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންޑިއާ ފުލުހުން ވަނީ ދީފައެވެ.

މިހާދިސާއާ ގުޅިގެން އިންޑިއާގެ ޕައުރީ ޑިސްޓްރިންކްޓްގެ އާންމުން ވަނީ މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފައެވެ. އަދި މި ކަމުގައި ޝާމިލްވާ މީހާއަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށްވެސް ވަނީ ގޮވާލައިފައެވެ.

މީގެ ހަފްތާއެއް ކުރިން އިންޑިއާގެ "އާގަރާ" ގައިވެސް ވަނީ 15 އަހަރުގެ ކުއްޖަކު ދިރިހުއްޓާ އަލިފާން ރޯކޮށްލައި މަރައިލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.