ހަނިމާދޫގައި މިހާރު ކުރިޔަށްދާ ސާއްބަ އެނިވާސަރީކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ރިއަލް ސްޓަރސް ހޯދައިފިއެވެ.

ރިއަލް ސްޓަރސް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު އަހުލީ އާ ބައްދަލުކޮށް 4-2 ން ކާމިޔާބުކޮށްގެނެވެ.

ރިއަލް ސްޓަރސްގެ ލަނޑުތައް ޖަހާފައިވަނީ އަހުމަދު އިކުރާމް، އަހުމަދު އަޝްރަފް، އަބުދު ﷲ ނާސިރު އަދި މުހައްމަދު ނައުޝާދެވެ. އަހުލީގެ ލަނޑުތައް ޖަހާދީފައިވަނީ އަލީ ހުސައިން އާއި އަލީ ޒަރީރެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިއަލް ސްޓަރސްގެ އަހުމަދު އަޝްރަފެވެ.

ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ 26 ޑިސެމްބަރ ވާ ބުދަ ދުވަހު ހަވީރުއެވެ. ބައްދަލު ކުރާނީ ރިއަލް ސްޓަރސް އާއި ޔޫތު ފުރެންޑްސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *