ހުޅުމާލެއާއި މާލެ ގުޅުވައިދޭ 'ސިނަމާލެ ބުރިޖު' ގެ ހަގީގީ ބާނީއަކީ ކުރީގެ ނައިބު ރައީސް އަހުމަދް އަދީބު ކަމުގައި ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު ޔާމީނު ރަޝީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ) އާއި ދާދި ފަހުން ގުޅިވަޑައިގެންނެވި ޔާމީނު މިހެން ވިދާޅުވެފައިވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީނު ރަޝީދަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ކުރިން ފާހަގަ ކުރެވިގެންދިއަ ބޭފުޅެއް ނަމަވެސް، އަދީބު ހައްޔަރު ކުރެއްވުމުން އެމަނިކުފާނުގެ ދިފާއުގައި ޔާމީނު ރަޝީދު ތެދުވެވަޑައިގެންފައެއް ނުވެއެވެ. މިކަމާއި ގުޅިގެން އަދީބު އަށް ތާއީދުކުރައްވާ ފަރާތްތަކުގެ ފާޑުކިއުން މީގެކުރިން ޔާމީނު ރަޝީދު އަށް ރައްދުވެގެން ދިޔައެވެ.