ސިހުރަކީ ޖެހޭ އެއްޗެއްކަން ޤުރުއާނާއި ސުންނަތުންވެސް ސާބިތުވެއެވެ. ނަމަވެސް ސިހުރު ޖެހުމުގެ ކުރިން  ނުވަތަ ސިހުރުވެރިންގެ  ހީލަތްތެރި މަޅީގައި ތިމާގެ ކަރު ބެދުމުގެ ކުރިން  ސަލާމަތްވެވޭނެ އެތަކެއް ގޮތެއް ކީރިތި ޤުރުއާނުގައްޔާއި  މާތް ނަބިއްޔާ  صلى الله عليه وسلم ހަދީޘް ބަސްފުޅުތަކުން އެނގިގެންދެއެވެ. އެގޮތުން ޢަޖުވާ ކަދުރަކީ ސިހުރާއި ވިހައަށް އޮތް ފަރުވާއެކެވެ.

މަދީނާއަށް ޚާއްސަވެގެންވާ ޢަޖުވާ ކަދުރަކީ އޭގައި ގިނަގުނަ ފައިދާ އެކުލެވިގެންވާ އެއްޗެކެވެ.

ޢަޖުވާ ކަދުރުގެ މުހިންމުކަން ހާމަ ކުރައްވާ މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرَّهُفِي ذَلِكَ الْيَوْمِ سُمٌّ وَلَا سِحْرٌ)[2].

މާނައީ : ”ކޮންމެ ދުވަހަކު ހެދުނު ޢަޖުވާ ކަދުރުގެ 7 އޮށް ކަދުރު ކައިފިނަމަ އެދުވަހު އެމީހަކަށް ސިޙުރުވެރިކަމުން އަދި ވިހައަކުން ގެއްލުމެއްނުވާ ހުއްޓެވެ.“

އަދިވެސް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. (الْكَمْأَةُ مِنْ الْمَنِّ وَمَاؤُهَا شِفَاءٌ لِلْعَيْنِ وَالْعَجْوَةُ مِنْ الْجَنَّةِ وَهِيَ شِفَاءٌ مِنْ السُّمِّ ) [3].

މާނައީ : ”އަލްކަމްއާ ވަނީ މަންނުގެ ތެރެއިންނެވެ. އޭގެ ފެނަކީ ލޮލަށްވާ ޝިފާއެކެވެ. އަދި ޢަޖުވާ ވަނީ ސުވަރުގެއިންނެވެ. އެއީ ވިހައިގެ ޝިފާއެކެވެ.“

އެހެންކަމުން ސިހުރުވެރިންގެ ސިހުރުން ސަލާމަތްވުމަށް ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ޢަޖުވާ ކަދުރު  ހިމެނުމަކީ މުހިންމު ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *