ސަރުކާރުން ކޮރަޕްޝަންގެ ޢަމަލެއް ހިންގައިފައިވާނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ ކަމަށާއި އެފަދަ ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ "ސަން އެމްވީ"ގެ "ފަންސާސްމިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ކަމެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަންތައް ފާހަގަކޮށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެ ކަމަށާއި ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވާނަމަ އެކަންވެސް މީހުންގެ ސަމާލުކަމަށް ގެނަން ވާނެކަމަށެވެ. އަދި ކޮރަޕްޝަންގެ ޢަމަލު ހިންގައިފައިވާ ފަރާތްތަކަށް ލިބެން ޖެހޭ ހައްގު އަދަބުވެސް ލިބެން ޖެހޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ވާހަކަތައް ދެއްކިދާނެ. އިނގޭތޯ؟ ކޮރަޕްޝަންގެ ވާހަކަތައްވެސް ދެއްކަންވާނެ. އެކަމަށް ރައްޔިތުން ހޭލުންތެރިކުރަންވެސް ވާނެ. ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާނަމަ އެކަމުގެ ވާހަކަވެސް (ދައްކަންވާނެ). އަދި އެފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތިއްޔާ އެފަރާތްތަކަށް ހައްޤު އަދަބުވެސް ލިބެން ޖެހޭނެ"  މުއިިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގި އިރު އެއްވެސް ވައްތަރެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގައިފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ވާހަކަތައް ދައްކާއިރުވެސް ހަގީގަތް އޮޅުން ފިލުވުމަށްފަހު ވާހަކަ ދެއްކުމަށް މުއިއްޒުވަނީ އިލްތިމާސް ކުރައްވާފައެވެ.

މުއިއްޒު އަކީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރެވުނު ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *