ޑިސެމްބަރު މަހުގެ 23 ވީ އާދީއްތަަ ދުވަހަކީ އެއާޕޯޓްގެ ރެެކޯޑް ދުވަހެއްކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިމަހުގެ 23 ވަނަ ދުވަހު ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރައި، ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމެންޓް އޮތްދުވަހެއްކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުންޏެވެ.

އާދީއްތަ ދުވަހު ގިނަ އެއާ ޓްރެޕިކް މޫވްމެންޓް (އޭޓީއެމް) ތަކެއް ހިނގިއިރު އޭގެ ތެރޭގައި ބައިނަލްއަގުވާމީ 110 ދަތުރު ހިމެނެއެވެ. އެތެރޭގެ އުދުހުންތަކުގެ 102 ދަތުރު އަދި ސީ ޕްލޭންގެ 517 ދަތުރު ފުރިހަމަކޮށްފައި އެވެ.

މީގެކުރިން އެންމެގިނަ ފްލައިޓް މޫވްމެންޓް އޮތީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. ޖެނުއަރީ މަހު 644 އޭޓީއެމް ރެކޯޑުކުރެވިފައި ވެއެވެ. މިދިޔަ އާދީއްތަ ދުވަހުގެ މޫވްމެންޓްތައް ޖެނުއަރީ މަހު ރިކޯޑު ކުރެވުނު އަދާއި އަޅައި ބަލާއިރު 85 މޫވްމެންޓް އިތުރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހާއި ޑިސެމްބަރު މަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ބިޒީ ދުވަސްވަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އާދީއްތަ ދުވަހު ގިނަ ފްލައިޓް މޫވްމެންޓްތަކެއް އޮތްއިރު ޑޮމެސްޓިކް އެއަރޕޯޓްތަކަށް ކުރި ދަތުރުތައް އިތުރުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *