އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް  ކުރިމަތިލާން ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރާސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރާސީގެ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ޖުމްހޫރީ ޕާޓީން ތަނަވަސްކޮށްދީފައިވާ ކަމަށެވެ.

"ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް، ރައްޔިތުންނަށް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކޮށްދެމުން، ޖޭޕީއިން 87 ދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް ނިންމެވި ކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް" ރައީސް ނަޝީދުގެ ޓްވީޓުގައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމުގައި އިއްތިހާދު ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމަކަށް ފަހު ހުރިހާ ދާއިރާ އަކުން ވެސް ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޖޭޕީ އިން ރޭ ހުޅުވާލިއިރު އެމްޑީޕީއިންވެސް ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.