ދުނިޔެއިން މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކޯމަހެއް ރާއްޖެއިން ފެނިއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަހަރައްދުން ފެނިފައިވަނީ "އަލްބިނޯ"  ކޯމަހެކެވެ. "އަލްބިނޯ" ކޯމަހަކީ އެހެން ކޯމަހަށް ވުރެއް އެތަކެއް ގޮތަކުން  ތަފާތު އަދި ހާއްސަ ސިފަތަކެއް ލިބިގެންވާ ކޯމަހެކެވެ.

އެގޮތުން އަލްބިނޯ ކޯމަހުގެ ކުލައަކީ ހުދު ނުވަތަ މަޑު ފިޔާތޮށި ކުލައެވެ. މިއަދު ރާއްޖެއިން ފެނިފައިވަނީ ހުދު ކުލައިގެ އަލްބިނޯ ކޯމަހެކެވެ.

އަލްބިނޯ ކޯމަހުގެ ކުލައަށް ބަދަލު އަންނަނީ އޭގެ ސެލްތަކުގައި އެކުލެވޭ މާއްދާއެއްކަމަށްވާ "މެލަނިން"ގެ ސަބަބުންނެވެ. އަލްބިނޯ ކޯމަސް އާންމު ގޮތެއްގައި ފެންނަނީ ޕެސެފިކް ކަނޑުންނެވެ.

ރާއްޖެއިން ފެނުނު އަލްބިނޯ ކޯމަހުގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު އެތައް ބައެއްގެ ސަމާލުކަން ވަނީ އެވީޑިއޯއަށް ލިބިފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަލްބިނޯ ކޯމަސް އާދައިގެ އެހެން ކޯމަސްތަކާއި އެކުގައި ދަތުރުކުރާ މަންޒަރު ފެނެއެވެެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *