ހުޅުލެ، ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރުތަކުގައި ނަގާ އަގުތަކަކީ ކުރީގެ ސަރުކާރުން އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި ހަދާފައިވާ އަގުތަކަކަށްވާތީ އެ އަގުތައް ބަލައި ރިވިއުކޮށް ގޮތެއް ކަނޑައެޅެންދެން ސިނަމާލެ ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކަށް ޓެކްސީތަކުން މިހާރު ނަގާ އަގުތަކުގައި އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން އެގޮތަށް ނިންމީ މިއަދު ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ސާޅީހަށްވުރެ ގިނަ ޑްރައިވަރުންނާއެކު މިނިސްޓަރު އައިޝަތު ނަހުލާ ބޭއްވި ބައްދަލުވުމެއްގައި ޑްރައިވަރުންނާއި ސެންޓަރުތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހުގައެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ހުޅުލެ އާއި ހުޅުމާލެއަށް ކުރާ ދަތުރުތަކަށް އާ ސަރުކާރުން ވަކި އަގެއް ކަނޑައަޅައި، އިއުލާންކޮށްފައެއް ނުވާނެ އެވެ. އެހެންކަމުން އަގުތައް ކަނޑައަޅަންދެން މިހާރު ވެސް ދަތުރުތައް ކުރާ ރޭޓްތަކުގައި ޓެކްސީތަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.

މި ކަންބޮޑުވުންތަކާއި އިހުތިޖާޖުގެ ޝުއޫރުތައް އެއްސެވުމަށްފަހު މިނިސްޓަރު ނަހުލާ ނިންމަވާފައި ވަނީ ކުރިން ހުރި އަގުތައް ރިވިއުކޮށް ރަސްމީ އަގުތަކެއް ނެރެވެންދެން ދަތުރުތަކާ ގުޅިގެން މިހާރު އަޅަން ފަށާފައިވާ ފިޔަވަޅުތައް އެޅުން މަޑު ޖައްސާލުމަށެވެ.

އަދި އަގުތަށް ކަނޑައެޅެންދެން ކުރިން ދަތުރުކުރި އަގުތަކުގައި ދަތުރުކުރެވޭނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *