ޕާކު ކުރާނެ ގަރާޖެއް ނެތް ކާރުތަކަށް ހުއްދަ ދިންއިރު، އެ ސަރުކާރުގެ އިދަރާތަކުގައި ތިއްބެވި ވެރިންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެ އެވެ.

ރީކޯ މޫސަ ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވީ، އެތަށް ހާސް ރުފިޔާއެއް ހަރަދުކޮށްގެން ގަރާޖުގެ ލިއުމެއް ހޯދައިގެން އައުމުން ރަޖިސްޓަރީ ކޮށްދެނީ ކަމަށެވެ.

ޓްރާންސްޕޯޓުގެ ގަވައިދުގައިވާ ގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހުއްދަ ދެވޭނީ އެ އުޅަނދެއް ޕާކު ކުރާނެ ގަރާޖެއް އޮތް ކަމުގެ ލިޔުން އެ އޮތޯރިޓީއަށް ހުށަހަޅުމުންނެވެ. ނަމަވެސް ބައެއް ގަރާޖްތަކުގައި އެތަށް ކާރެއް ރަޖިސްޓްރީ ކޮށްފައިވާ އިރުވެސް ، އެކަން ނުބަލާ އެ އޮތޯރިޓީ އިން ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ސަބަބުން ކާރުތައް ޕާކު ކުރަމުން އަންނަނީ މަގުމަތީގަ އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އިއްޔެ ވަނީ އެ ގަވައިދު އިސްލާހުކޮށްފައެވެ. އިސްލާހުކޮށްފައިވާ ގަވައިދުގައި ވާ ގޮތުން ރަޖިސްޓާކޮށްފައިވަ ގަރާޖު ނޫން އެހެންތަނެއްގައި ޕަކު ކުރާނަމަ އެ ފަރާތަކަށް ފިޔަވަޅު އަޅާނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *