މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގެ އިންޒާރާއި މައުލޫމާތު ލިބުމުންވެސް އެކަމާއި މެދު ފިޔަވަޅެއް ނާޅައި އިހްމާލުވުމުގެ ސަބަބުން އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ އާއި ފުލުހުންގެ ވެރިޔާ މަގާމުން ވަކިކޮށްފިއެވެ.
މި ކަންތައް އިއުލާންކުރީ ސްރީ ލަންކާގެ ރައީސުލްޖުމްހޫރިއްޔާ މައިތުރިޕާލާ ސިރިސޭނާގެ އޮފީހުންނެވެ. އެ އޮފީހުން ބުނިގޮތުން، ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދުރާ މަގާމުން ވަކިކުރީ ބޮމުގެ ހަމަލާގައި އެ މީހުންގެ އިހުމާލުވުން އިންތިހާ ދަރަޖައަށް ގޮސްފައިވުމުންނެވެ. ބޮމުގެ ހަމަަލާތައް ދޭން އުޅޭ ކަމުގެ މައުލޫމާތު 10 ދުވަސް ކުރިން ލިބުނެވެ. ނަމަވެސް މި މައުލޫމާތު ރައީސާއިވެސް ބޮޑު ވަޒީރާއިވެސް ހިއްސާކޮށްފައި ނުވެއެވެ.
އިއްޔެގެ ވަގުތެއްގައި ލަންކާގެ ސަރުކާރުން ވަނީ ބޮމުގެ ހަމަލާތަކުގައި ސަރުުކާރުގެ އިހުމާލުވާކަމަށް އެއްބަސްވެފައެވެ. އަދި މިއަދު ޑިފެންސް ސެކްރެޓަރީ އަދި ފުލުހުންގެ ވެރިޔާ ވަނީ އެމީހުންގެ މަގާމުން ވަކިކޮށްފައެވެ.