އަވަށްޓެރި ސްރީލަންކާގެ އުތުރަށް ބޯކޮށް ވިއްސާރަކުރުމުގެ ސަބަބުން އެ ގައުމުގެ ފަސް އަވަށެއްގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން 14000 އާއިލާއަކުން 45000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވެފައިވެއެވެ.

އެ ސެންޓަރުން ވިދާޅުވާ ގޮތުގައި ފެންބޮޑުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 8500 އަށް ވުރެއް ގިނަ މީހުން ދަނީ  52 ވެލްފެއާ ކޭމްޕުގައި ވަގުތީ ހިޔާވަހިކަން ހޯދަމުންނެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ވިދާޅުވާ ގޮތުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި ސަރުކާރުގެ ބައެއް އިދާރާތައް ގުޅިގެން އަންނަނީ ހަރަކާތްތެެރިވަމުންނެވެ.  އަދި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިޔުމުގައި ހަރަކާތްތެރިވަމުންދަނީ ސްރީލަންކާ ނޭވީ އާއި އަސްކަރިއްޔާގެ ސިފައިންނެވެ.

ފެންބޮޑުވުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އަންގަވާފައިވާއިރު ފެންބޮޑުވުމުގެ ސަބަބުން އެއްވެސް މީހަކު މިހާތަނަށް މަރުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *