ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި ހުއްދައަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިއްޖެ އެވެ.
އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި އާ ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި ހުއްދައަށް އެދި ހުށަހެޅި ލިޔެކިޔުންތައް އެ ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށާއި، އެ ލިޔެކިއުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް ނެތް ނަމަ ވަރަށް އަވަހަށް ހުއްދަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ހުރިހާ ލިޔެކިއުންތައް ސައްހަތޯ ބެލުމަށް ފަހު އަޅުގަނޑުމެން މި ބަލަނީ މި ހަފްތާ ތެރޭގައި ހުއްދަ ދެވޭތޯ. މައްސަލައެއް ނޫޅެންޔާ ޕާޓީ ހަދަން މި ހަފްތާ އަޅުގަނޑުމެން ހުއްދަ ދޭނަން،" އަކުރަމް ވިދާޅުވި އެވެ.
"ޖަޒީރާ" އަށް އެނގިފައިވާ ގޮތުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އުފައްދަން ހުށަހެޅީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްގެ ނަމުގަ އެވެ
.