ރ. އަލިފުށީގައި މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ރ. އަތޮޅު ކައުންސިލްގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު، އުމުރުން 30 އަހަރުގެ އިބްރާހީމް މަހީޝް އެވެ.
މަހީޝް ފެނިފައިވަނީ މަރުވިތާ ގާތްގަޑަކަށް 6 ގަޑިއިރު ފަހުން ކަމަށް، އެރަށު ޑޮކްޓަރުންނާއި ހަވާލާދީ އަލިފުށިން މައުލޫމާތު ދިންމީހަކު ބުނެފައިވެއެވެ.
މަހީޝް، އަތޮޅު ކައުންސިލަށް އިންތިހާބު ވެފައިވަނީ 2012 ވަނަ އަހަރު ބޭއްވި އެދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމް ގެ ޓިކެޓްގައެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި މަހީޝް ވަނީ އެމްޑީޕީއަށްވެސް ސޮއިކުރައްވާފައެވެ.