ބޮޑު ތަފާތަކުން ރޫހުގެ މައްޗަށް ކުރި ހޯދައި ސާއްބަ އެނިވާސަރީ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޔޫތު ފުރެންޑްސް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ޔޫތު ފުރެންޑްސް ކާމިޔާބު ކުރީ 4 -0 ލަނޑުންނެވެ. ޔޫތު ފުރެންޑްސްގެ މުހައްމަދު މަފާޒު 2 ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހާފައިވަނީ ޖާދު ﷲ އަލީއާއި ހަސަން ޝާހިދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޖާދު ﷲ އަލީއެވެ.
ހަނިމާދޫގެ ޖަމިއްޔާއެއް ކަމަށްވާ ސާއްބަ އެކުވެރި ކުލަބުގެ އަހަރީ ދުވަހާއިގުޅިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ދެވަނަ ސެމީގައި މާދަމާ ބައްދަލު ކުރާނީ އަހުލީ އަދި ރިއަލް ސްޓަރސްއެވެ.