ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ކޯޓަށް ހާޒިރުވެވަޑައިގެންފިއެވެ.
އެމަނިކުފާނު ކޯޓަށް ހާޒިރުވާން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 13:00 އަށެވެ.
ރައީސް ޔާމީން މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިން ކުރުމުގެ ދައުވާއެވެެ. ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ބޭއްވި އެވެ. އެ އަޑުއެހުމުގައި، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރިޔަސް، މިދިޔަ މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، މިނިވަންކޮށްފަ އެވެ.
ޔާމީން، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރުމުގެ އިތުރުން އެމަނިކުފާނުގެ ބޭންކް އެކައުންޓް ފްރީޒްކުރަން ވެސް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެކަމަކު، އެ އަމުރު ވެސް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.