ސިންގަޕޫރުގައި މަސައްކަތް ކުރާ ބިދޭސީ ދެ މީހަކު، ރިޝްވަތުގެ ގޮތުގައި އެއް ޑޮލަރު ނެގުމުން ފަސް އަހަރުގެ ޖަލު ހުކުމެއް ސިންގަޕޫރު ކޯޓަކުން ކޮށްފިއެވެ.

ރޮއެޓާސްއިން މައުލޫމާތު ދިން ގޮތުގައި، ސިންގަޕޫރުގެ ޕޯޓްސް ބަނދަރެއްގައި، ފޯކްލިފްޓް ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 47 އަހަރުގެ ޗެން ޒިލިއަންގް އަދި 43 އަހަރުގެ ޒާއޯ ޔުޗެންއަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ، އެ ބަނދަރަށް މުދާ ބަރު ކުރުމަށްޓަކައި އައިސް އުޅޭ ޓްރަކް ޑްރައިވަރެއްގެ އަތުން އެއް ޑޮލަރު ރިޝްވަތުގެ ގޮތުގައި ހޯދައި، މަަސައްކަތް އަވަސް ކޮށްދޭނެ ކަމަށް ބުނުމުން ކަމަށް، މި މަައްސަލަ ތަހުގީގު ކުރި ސިންގަޕޫރުގެ "ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ" އިން މައުލޫމާތު ދެއެވެ.

އަދި އިތުރަށް މައްސަލަ ތަހުގީގު ކުރުމުން، މީގެ ކުރިންވެސް މި ދެމީހުން، މިފަދަ ގޮތަކަށް އެތައް ބައެއްގެ އަތުން ދެ އަހަރުދުވަސް ވަންދެން ރިޝްވަތު ނަގާފައިވާކަން ފަޅާއަރާފައިވާ ކަމަށް އެ ބިއުރޯއިން މައުލޫމާތު ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.