ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިލް ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، ހިޒް ހައިނެސް ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަކީ، ސަޢޫދީ ޢަރަބިއްޔާގެ ވެރިކަމުގެ އެންމެ އިސް ސަފުގައި، އެތައް ގޮތަކުން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި، ޕްރިންސް ޠަލާލް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމަކީ، ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.