އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އިންޑޮނޭޝިއާއަށް ރޭ އެރި ސުނާމީ އެގައުމުގެ އައްސޭރި ފަށުގައި ކުރިއަށް ދިޔަ މިއުޒިކު ޝޯއެއްގެ ތެރެއަށް އަރާ މުޅިތަން ސުންނާފަތިކޮށްލާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނައަދަދެއްގެ ބަޔަކާއި އެކު ކުރިއަށް ދިޔަ މިއުޒިކް ޝޯވގެ ތެރެއަށް ސްޓޭޖް ފުރަގަހުން ސުނާމީގެ ރާޅު އަރައެވެ. އަދި އެތަށް ބަޔަކު ސުނާމީގެ ރާޅާއެކު އޮޔާ ގެންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ

ޝޯވ ބޭއްވި މިއުޒިކް ބޭންޑުން ބުނީ މިޔުޒިކް ޝޯވ ދޭން ތިއްބާ އެރި ސުނާމީގައި އެބޭންޑްގެ މެނޭޖަރާއި ބޭސިސްޓް މަރުވެފައިވާ ކަމަށާއި އެ ބޭންޑްގެ އިތުރު ހަތް މީހަކު ގެއްލިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ރިޕޯޓުތައް ބުނާގޮތުން އެ މިޔުޒިޖް ޝޯވ އަކީ  ކްރިސްޓިއަނުންގެ އީދުކަމުގައިވާ  މޭރީ ކްރިސްމަސް ފާހަގަ ކުރަން ޖަޔާ ސިޓީގެ ސަރުކާރުގެ އިސް މުވައްޒަފުން އިސްނަގައިގެން ބޭއްވި ޝޯވ އެކެވެ.

އިންޑޮނޭޝިއާގެ ދުވަސްވީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގައި މިހާތަނަށް އެގައުމުގެ 62 މީހުން މަރުވެ 582 މީހުން ވަނީ ޒަހަމް ވެފައެވެ.

ސުނާމީގެ ސަބަބުން އެތަށް ބަޔަކު ގެއްލިފައިވާ އިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓް ތަށް ބުނެއެވެ. ސުނާމީ އަރާފައި ވަނީ ޕެންޑެގްރަންގް، ސެރަންގް އަދި ދެކުނު ލަމްޕަންގް އަށެވެ.

އިންޑޮނޭޝިއާއަކީ ނިސްބަތުން ބިންހެލުން އަންނަލެއް ގިނަ ގައުމެކެވެ. އެގޮތުން  2004 ވަނަ އަހަރު އިންޑޮނޭޝިއާއަށާއި ދެކުނު އޭސިއާ ސަހަރައްދުގެ ގިނަ ގައުމުތަކަށް 9.0 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއި އެކު އެރި ސުނާމީ އަކީ ފަހުގެ ތާރީހެއްގައި ދުނިޔެދުށް އެންމެ ބާރުގަދަ ސުނާމީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.