ކޮލޮމްބޯ(23 ޑިސެމްބަރ) އަވައްޓެރި ސްރީލަންކާ 1.5 ބިލައަން ޑޮލަރުގެ ދަރަންޏެއް ނުދެއްކި، ގައުމު ބޮޑު އަނދަވަޅަކަށް ނުވެއްޓެނިސް އެގައުމުގެ ޕާލަމެންޓުން ދަރަނި ދެއްކޭނެގޮތް ހަދާދީފިއެވެ.

ލަންކާގެ ޕާލަމަނެންޓުން މިދައުރުގެ ފަހުދުވަހު، މެންބަރުން ވަނީ ސަރުކާރުގެ ހަރަދުތައް ކުރުމަށް ވަގުތީ ބަޖެޓެއް ފާސްކޮށްދީފައެވެ. މި ބަޖެޓް ފާސްކުރުމަށް ޕާލަމެންޓުގެ 225 މެންބަރުންގެ ތެރެއިން 102 މެންބަރުން ވޯޓު ދިންއިރު، ބަޖެޓާއި ދެކޮޅަށް ވޯޓުދިނީ ހަމެންބަރުނެނެވެ.

ލަންކާގެ މާލީ ވަޒީރު މަންގަލް ސަމަރަވީރާ ޕާލަމެންޓުގައި ވިދާޅުވެފައި ވަނީ، ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހާ ދުރުކޮށް އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ، އޮކްޓޯބަރ 28 ވަނަދުވަހު ހަމަޖެއްސީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތްތައް ނިންމަމުން ދަނިކޮށް ކަމަށެވެ. އެހެންކަމުން ޕާލަމެންޓަށް ބަޖެޓު ހުށަހަޅާނެ ފުރުސަތު ލިބިގެން ނުދިއަ ކަމަށްވެސް ސަމަރަވީރާ ވިދާޅުވެފައި ވެއެވެ.

ޕާލަމެންޓުން ފާސްކޮށްފައިވަނީ ހަތަރު މަސްދުވަހުގެ ބަޖެޓެއް ކަމުގައި ވީނަމަވެސް، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފުރިހަމަ ބަޖެޓް ޕާލަމެންޓަށް ހުށަހަޅާނެ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *