ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް، މާފަންނު ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު އަޙްމަދު ޙުސައިން މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ. މުޙައްމަދު އަޙްމަދު ޙުސައިނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މުޙައްމަދު އަޙްމަދު ޙުސައިނަށް މި މަޤާމު ހަމަޖެއްސެވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި، ގ.ސިނަމާލެ 3، 35-03 މުޙައްމަދު އަންވަރު މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.