ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 22 ބޭފުޅުންކަމަށް އިލެކްޝަންސް ކޮމިޝަންސްއިން ހާމަކޮށްފިއެވެ. 

އިލެކްޝަންސްއިން ހާމަކުރައްވާ ގޮތުގައި މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 22 މެމްބަރުންނެވެ. އަދި މާލީ ބަޔާން ހުށަނޭޅުމަކީ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ފަދަ އަމަލެއްކަމަށް އިލެކްޝަންސް އިން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރު އަހުމަދު އަކުރަމް އެކަމާއި ގުޅިގެން ކުރައްވާފައިވާ ޓުވީޓުގގައިވަނީ މަޖިލިސްގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކމިޝަންސްގެ ފަސްވަނަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށާއި އެގޮތުން މާލީ ބަޔާން ހުށަހެޅުމުގެ ފަހު ތާރީޙަކީ މިހިނގާ އެޕްރިލް މަހުގެ 27 ވަނަ ދުވަސް ކަމަށެވެ.

       

ނިމިދިޔަ މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓުން ވާދަ ކުރި އެވެ.

އިންތިހާބުގައި ބަލިވި ނަމަވެސް މޮޅުވި ނަަމަވެސް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ. އަދި މާލީ ބަޔާނުގައި އެ ކެންޑިޑޭޓަކު ކެމްޕެއިނަށް ކުރި ހަރަދުގެ ތަފްސީލު ބަޔާން ކުރަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *